ހުޅުމާލެ ލަުކުޑި ޖެޓީ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ގިނައަދެއްގެ ބަނގުރާ ހޯދައިފި އެވެ.
ބަނގުރާ ކޭސްތަކެއް ހިފައިގެން ހުޅުމާލެ ލަކުޑި ޖެޓީކައިރީގައި މީހަކު އުޅޭކަމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގެި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މި މަހު 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ލަކުޑި ޖެޓީ ސަރަހައްދު ބަލައިފާސްކުރިއިރު ފޮށިގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށާއި، އެ ދަބަހާއި ފޮށިގަނޑު ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ އަދި 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.







