
ހުޅުމާލެ ކައިރިން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެ
ހުޅުމާލެ ކައިރިން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެ
ލިޔުން:
ހުޅުމާލޭގައި ސިފައިން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ އެ ސަރަހައްދުން ކަނޑު ދަތުރުކުރާ އުޅަނދުތައް ސަމާލުވުމަށް އެމްއެންޑީއެފުން އެދެފިއެވެ.
މިއަދުން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހު، ކޮންމެ ދުވަހަކު ހެނދުނު 6:00 ފެށިގެން އިރުއްސި 6:00 އަށް މި ތަމްރީނުތައް ކުރިޔަށްދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ތަމްރީނުތަކަށް ވައިގެ ސަރަހައްދު ބޭނުން ކުރާނީ ހުޅުމާލޭ ބޭރު ފަރާތުން 11.25 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި، އަދި އެ ހިސާބުން 5000 މީޓަރު ދުރުމިނަށް އަދި 300 މީޓަރު މައްޗަށް ވައިގެ ސަރަހައްދު ބޭނުން ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
