މާލެ: 31°C
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

April 1, 2024
2 ފަހަރު ބަލާފައި
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ރޭގެ ވަގުތެއްގައި މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނުން ބުނެފައިވަނީ، ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދަނިކޮށް މަރުވެފައިވަނީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ވިންޑްމާގޭ އުމުރުން 44 އަހަރުގެ އަޙްމަދު އިޖާޒު ކަމަށެވެ. އިޖާޒު މަރުވެފައިވަނީ، މިދިޔަ މަހުގެ 8 ވަނަ ދުވަހު ނޭވާލާން އުނދަގޫވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. ކަރެކްޝަނުން ބުނީ އަޙްމަދު އިޖާޒުއަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި، ބަލީގެ ޙާލަތު ދެރަކަމުން އޭނާ ވަނީ 9 މާރިޗު 2024 ގައި އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް، ފަރުވާ ދޭންފަށާފައެވެ. އަދި ޙާލަތު ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލާފައިވެއެވެ. އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ ރޭ 23:30 ހާއިރު ގައިވެއެވެ. އަޙްމަދު އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމަށް މިއަހަރުގެ މާރޗްމަހުގެ 7 ވަނަ ދުވަހު ހުޅުމާލޭ ޖަލަށް ގެނެވުނު މީހެކެވެ. ކަރެކްޝަނުން ބުނީ، އަޙްމަދު އިޖާޒު ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ