ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ޔޫތު މިނިސްޓްރީއަށް ބޮޑު ބިމެއް ދީފި އެވެ.
އިއްޔެ އާބަންކޯއިން ބުނީ، އެބިމަކީ އެކިއެކި ކުޅުވަރު ކުޅުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޔޫތުމިނިސްޓްރީއަށް ދިން ބިމެއްކަމުގަ އެވެ.އެބިމުގެ ބޮޑުމިނަކީ 54،307.32 އަކަފޫޓޭވެ.
[embed]https://twitter.com/hdcmaldives/status/1650428735135584258[/embed]އާބަންކ އިން ޔޫތުމިނިސްޓްރީއާ ބިން ހަވާލުކުރުމަށް އިއްޔެ އާބަންކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.







