މާލެ: 31°C
ހުޅުމާލެ ފޭސް ދޭއްގައި ފޭރުނު ހަތަރު މީހުން ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި ފޭރުނު ހަތަރު މީހުން ހައްޔަރުކޮށްފި

June 4, 2024
3 ފަހަރު ބަލާފައި
ހުޅުމާލެ ފޭސް ދޭއްގައި ފޭރުނު ހަތަރު މީހުން ހައްޔަރުކޮށްފި
ހުޅުމާލެ ފޭސް ދޭއްގައި މީހެއްގެ އަތުން ފައިސާ ފޭރުނު 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް 1 ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން މަޢުލޫމާތު ސާފްކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރުމަތިން ފައިސާ ފޭރިގަނެފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއްވައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ހާމަކުރައްވާފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ