މާލެ: 31°C

ހުޅުމާލެ ހޮސްޕިޓަލްގެ ކުލިނިކެއް ފޭސް 2 ގައި ހުޅުވައިފި

January 15, 2023
2 ފަހަރު ބަލާފައި
ހުޅުމާލެ ހޮސްޕިޓަލްގެ ކުލިނިކެއް ފޭސް 2 ގައި ހުޅުވައިފި
ހުޅުމާލެ ހޮސްޕިޓަލްގެ ކުލިނިކެއް ފޭސް 2 ގައި ހުޅުވައިފި
ހުޅުމާލެ ހޮސްޕިޓަލްގެ ކުލިނިކެއް ހުޅުމާލޭގެ ފޭސް ދޭއްގައި ހުޅުވައިފިއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ޑިރެކްޓާރ އިން ޕަބްލިކް ރިލޭޝަން އެންޑް ކަސްޓަމާ ސާވިސް އަބްދުﷲ މައުރޫފު "މިިނިވަން" އަށް ވިދާޅުވީ ފޭސް ދޭއްގައި ހުޅުވި ކްލިނިކުން މިވަގުތު ފަރުވާކުރާނީ ހަމަ އެކަނި އާއްމު ބަލިތަކަށް ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކް ހުޅުވީ ފޭސް ހިޔާ ފްލެޓްތަކުގެ 16 ވަނަ ޓަވަރުގަ އެވެ. ހުޅުމާލޭ އާބާދީ ބޮޑުވެ އެހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ މީހުން ބޮޑުތަނުން އިތުރުވެފައިވާ މިދަނޑިވަޅުގައި ފޭސް ދޭއްގައި އަލަށް ހުޅުވި ކްލިނިކުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީގައި ބާރުބޮޑުވުމަށް ހައްލެއް ލިބިގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެން ނަމަވެސް އެތަނުން ލެބޯޓަރީ ޓެސްޓުތައް ހެއްދޭނެ އެވެ. އަދި އެސްޓީއޯ ފާމަސީގެ ހިދުމަތްވެސް އެތަނުން ލިބެން ހުރެ އެވެ. ލިނިކް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު5:00 އަށެވެ. . އަދި މީގެ އިތުރުން ލޭގެ ޓެސް ހެދުމާއި އަދި ލެބޯޓްރީޓެސްޓް ފަދަ ކުލިނިކަކުން ލިބެންޖެހޭ ހިދުމަތްތައް މިކްލިނިކުން ލިބެންހުންނާނެ އެވެ. ފޭސް2 ގެ ކްލިނިކު ކުރިއަށް އޮތްތަނުގައި ފުޅާވެގެން ދާއިރުގައި އެމެޖެންސީ ހާލަތްތަކުގައި ބާއްވައިގެން ދޭންޖެހޭ ފަރުވާ އާއި ތުއްތު ކުދިން ކިރުމާއި، ވެކްސިން ޖެހުން ފަދަ ހިދުމަތްތައް ވެސް ތައާރަފްކުރާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ވެސް އެ ހޮސްޕިޓަލުން އަނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ސްޕެޝަލިސްޓުންނަށް ދައްކަން އެ ހޮސްޕިޓަލަށް ދިއުމުން ފުރަތަމަ ޖެނަރަލް ޑޮކްޓާރ ބަލިމީހާ ބެއްލެވުމައްފަހު، ބަލިމީހާ ދައްކަން ޖެހެނީ ކޮންކަހަލަ ސްޕެޝަލިސްޓް ޑޮކްޓަރަކައްކަން ނިންމާނީ ޖެނެރަލް ޑޮކްޓަރެވެ. އެޕްއިންޓްމަންޓުގެ ނިޒާމު އެގޮތަށް ބަދަލުވުމުން ލިބޭނެ އެނެމެ ބޮޑު އެއް ފައިދާއަކީ ބަލިމީހާއަށް އެންމެ ބޮޑަށް ބޭނުންވާ ޑޮކްޓަރަށް އަވަހަށް ދެއްކޭގޮތް ވުމެވެ. ތަރައްގީ ވެފައިވާ ގައުމުތަކުގައި މިހާރު ވެސް އަމަލުކުރަނީ އެގޮތަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ