ހުޅުމާލޭގެ ޕްލޭން ބަދަލުކުރުމުން ސަރުކާރުން އެއްވެސް ވަރަކަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ސާފުވޭ: އަމްރު

ހުޅުމާލޭގެ ޕްލޭން ބަދަލުކުރުމުން ސަރުކާރުން އެއްވެސް ވަރަކަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ސާފުވޭ: އަމްރު
ލިޔުން:
އިންތިހާބަށް ހަތަރު މަހަށް ވެފައިވަނިކޮށް މުޅި ހުޅުމާލޭގެ ރައްޔިތުންނަށް ބޮޑު އާމްދަނީ އެއްހޯދުމަށް ޕޮލޭންކޮށްފައޮތް ފުރުސަތު ގެއްލުވާލަން ނިންމާފައިވުމަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދެއް އެވެސް ވަރަކަށް ނެތްކަން ސާފުވާކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު މިހެން ވިދާޅުވީ ހުޅުމާލެ ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެސް، ހުޅުމާލޭގެ ޔޮޓް މެރީނާ ސަރަހައްދު ހިއްކަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
https://twitter.com/HusenAmr/status/1656291636350193671?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1656291636350193671%7Ctwgr%5E030920b36ac522b488c96fb4be8d2d33b1c1eea1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.aslu.com.mv%2FQWoq
އަމްރު ވިދާޅުވީ ރަށެއް އާބާދުކުރާއިރު އެ ރަށެއްގައި ދިރި އުޅޭ މީހުންނަށް އާމްދަނީ ލިބޭނެ ފުރުސަތު ހޯދޭނެ ޖާގަ ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.
އެހެން ކަމުން ގޯތި ގެދޮރު ހޯދޭނެ މަގު ތަނަވަސްކޮށްދޭން ވާނެ ކަމަށާއި ނަމަވެސް އެ ގޯތި ގެދޮރުގައި އުޅޭ މީހުންނަށް އާމްދަނީ ލިބޭނެ މަގު ބަންދުކުރުމަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން އޮންނަ ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، ކުރޫސް ޝިޕަކުން އެތަށް ހާސް ފަތުރުވެރިންނެއް އަންނަ ކަމަށާއި، ނަމަވެސް މާލެއަށް އަދި ހުޅުމާލެ އަށް ކުރޫސް ޝިޕްތަށް ކައިރި ނުކުރެވޭތީ އެ ބޯޓުން މާލެ ފައިބަނީ މަދު ބައެއް ކަމަށެވެ. އެހެން ކަމުން ހުޅުމާލެއަށް ކުރޫސް ބަނދަރު ކުރެވޭނެ ޓާމިނަލެއް އޮވެއްޖެނަމަ އެކަމުގެ ސަބަބުން ވަޒީފާތަށް އުފެދި އާމްދަނީ އިތުރުވެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ވެގެން ދާނެކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ، ހުޅުމާލޭގެ ދިގު ރާސްތާގެ މާސްޓާ ޕްލޭނުގައި އެ ސަރަހައްދުގައި އެކަން ރާވާފައިވަނީ މި ހުރިހާ ކަމަކަށް ކަމާބެހޭ މާހިރުން ވަރަށް ފުޅާކޮށް ވިސްނުމަށްފަހު ކަމަށެވެ.
ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިހަވަހިން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ރައްޔިތުނަށް ބޯހިޔާވަހިކަން މިސަރުކާރުގައި ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
