ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ޓީ-ހަޓް ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުންވެސް ވަނީ އެ ކެފޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުމާގުޅިގެން ހުޅުމާލޭ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.







