މާލެ: 31°C
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

April 24, 2024
2 ފަހަރު ބަލާފައި
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލްނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. ”މިނިވަން “ އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭ ފޭސް 1 ގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމަށް މިއަދު 5:30 އެހާކަން ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކާރު ދުއްވަން އިން މީހަގެ ލައިސެން މިހާރުވަނީ ހިފަހައްޓާފައި ކަމަށާއި، އެކްސިޑެންޓްވި ކާރު ޓޯ ކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ދާ ކަމަށް ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ