މާލެ: 31°C
ހުޅުމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި

May 9, 2024
3 ފަހަރު ބަލާފައި
ހުޅުމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި
ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓް 118 ގައި ފުލުހުން މިރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންވެސް ވަނީ މިކަން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނެފައިވަނީ، އެ އިދާރާގެ  ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. ހައްޔަރުކުރި 8 މީހުންނަކީވެސް ދިވެހިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި އަންހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރެއިން އަންހެންކުއްޖާއަކީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. ފުލުހުން މިހާރު މި މައްސަލަ ތަހްގީގް ކުރަމުން އަންނަކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. މިނިވަންއަށް މައުލޫމާތު ހިއްސާކުރަމުން އެ ފްލެޓްގައި ދިރިއުޅެމުންދާ މީހަކު ބުނީ، އެ ފްލެޓްގައި ބަޔަކު އެކަމެއް ކުރާތާ ދުވަސްތަކެއް ވެދާނެ ކަމަށާއި، އެއީ މި ފަހަކަށް އައިސް ވަރަށް ގިނަ މީހުން ވަދެ ނިކުމެ ހަދާ ފަންގިފިލާއެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ