ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ލިޔުން:
ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:56 އެހާކަށް ހާއިރު ޕިކަޕަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެމީހާ މަރުވީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ ފޭސް ދޭއްގައި ހުންނަ އެމްޕީއެލް ފްލެޓްގެ ކައިރީގަ އެވެ.
ހުޅުމާލެ ފޭސް ދޭއްގައި ރޭ ވެސް ބޮޑު އެކްސިޑެންޓެއް ހިނގި އެވެ. ފޭސް ދޭއްގައި ހުންނަ ޖޭއެމްސީ ސައިޓު ކައިރީގައި އެކްސިޑެންޓް ގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނަގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު 1:20 ހާ އިރު އެވެ. ދެސައިކަލު ޖެހިގެން ހިނގި އެ އެކްސިޑެންޓްގައި އަނިޔާވީ 19 އަހަރުގެ ފިރިހެނަކަށާއި 56 އަހަރުގެ ފިރިހެނަކަށެވެ. އޭގެ ތެރެއިން 56 އަހަރުގެ މީހާގެ ހާލު ސީިރިއަސް ކަމުގައި ފުލުހުން ބުންޏެވެ.
އަނިޔާވި ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
