މާލެ: 31°C

ހުޅުމާލޭގައި ހަދަން ނިންމާފައިވާ ބޮޑުކަންނެލި ފެސިލިޓީގެ މަސައްކަތް އަންނަ އަހަރު މެދުތެރޭގައި ނިންމައިލެވޭނެ: މިނިސްޓަރ ޝިޔާމް

February 11, 2025
181 ފަހަރު ބަލާފައި
ހުޅުމާލޭގައި ހަދަން ނިންމާފައިވާ ބޮޑުކަންނެލި ފެސިލިޓީގެ މަސައްކަތް އަންނަ އަހަރު މެދުތެރޭގައި ނިންމައިލެވޭނެ: މިނިސްޓަރ ޝިޔާމް
ހުޅުމާލޭގައި ހަދާ ބޮޑުކަންނެލި ފެސިލިޓީގެ މަސައްކަތް އަންނަ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހަދާ ބޮޑުކަންނެލި ފެސިލިޓީގެ މަސައްކަތް އަންނަ އަހަރު މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސްވާލުތަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ހަދަން ހަމަހެިފައިވާ ބޮޑުކަންނެލި ފެސިލިޓީ ހެދުމަށް މިހާރު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އިން ލޯނު ހަމަޖެހިފައިވާ ކަމަށާއި،  ކުރިއަށް އޮތް ދެ މަހެއްގެ ތެެރޭގައި ބަނދަރު ހަދަން އިއުލާން ވެސް ކުރާނެ ކަމަށެވެ.

މިއީ އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީ އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މި އަންނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް ނިންމައިލެވޭނެ ކަމަށް."

އިތުރަށް މިނިސްޓަރ ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ބޭނުންފުޅުވީ އަމާން ބަނދަރަކަށް ބޮޑުކަންނެލި ފެސިލިޓީ ބަދަލުކުރުމަށް ކަމަށާއި އެގޮތުން ހުޅުމާލެ ބަނދަރުގެ މަގަތުން 25000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި އެއީ އެހާ ބޮޑު ފެސިލީޓިއަކަށްނުވާތީ، އަންދާޒާ ކުރެވެނީ މިއަހަރު މެދުތެރޭގައި އެ މަސައްކަތް ފަށައި އަންނަ އަހަރުގެ މެދުތެރޭގައި އެމަސައްކަތް ނިންމާލައި ޚިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ