
ހުޅުމާލޭގައި ގުރޫޕަކުން ފުލުހަކަށް ހަމަލާދީފި
ހުޅުމާލޭގައި ގުރޫޕަކުން ފުލުހަކަށް ހަމަލާދީފި
ލިޔުން:
ހުޅުމާލޭގައި މިރޭ ގުރޫޕަކުން ފުލުހަކަށް ހަމަލާދީފި އެވެ.
"މިނިވަން" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި މިރޭ ފުލުހެއް ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތުމިރޭ ލިބިފައިވާ ކަމަށާއި، އެ މާރާމާރީގައި އަނިޔާވި ފުލުލަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގޭންގް މަރާމާރީ ތަށް މިހާރު ދަނީ އަނެއްކާވެސް އިތުރު ވަމުންނެވެ. އެގޮތުން މިއަދު ގ.ދ ތިނަދޫގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ 25 އަހަރުގެ މީހަކު ވަނީ ޒަހަމް ކޮށްލާފައެވެ. އެ މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާ އަށް މިހާރު ދަނީ ތިނަދޫ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
