މާލެ: 31°C

ހުޅުމާލޭގައި ރޭ ފުލުހަކަށް ހަމަލާދިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

ހުޅުމާލޭގައި ރޭ ފުލުހަކަށް ހަމަލާދިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފި
May 22, 2023
2 ފަހަރު ބަލާފައި
ހުޅުމާލޭގައި ރޭ ފުލުހަކަށް ހަމަލާދިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފި
ރޭ ހުޅުމާލޭގައި ގްރޫޕަކުން ފުލުހަކަށް ހަމަލާދިން މައްސަލައިގާ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. ފުލުހުން ބުނީ އޭގެ ތެރެއިން، 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 33 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް، އަދި 42 އަހަރުގެ މީހާ އާއި 44 އަހަރުގެ މިހާގެ ބަންދަށް 7 ދުވަސް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު ދީފައިވާ ކަމަށެވެ. ރޭ ގްރޫޕަކުން ހުޅުމާލޭގައި ފުލުހެއް ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށާއި، އެ މާރާމާރީގައި އަނިޔާވި ފުލުސް މީހާ އަށް  ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމައްސަލާގައި ހަތަރު މީހުން ހައްޔަރު ކުރީ ރޭގައެވެ. މިމައްސަލައާ ގުޅިގެން އެކަކު ހޯދަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެނގިފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ އެވަގުތު ކުލަ ހެދުމުގައި މަގުމަތީގައި ހުރި ފުލުހަކަށެވެ. އަނިޔާވި ފުލުސް މިހާއަށް ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ