
ހުޅުމާލޭގައި ކޮމިއުނިޓީ ސެންޓަރެއް އަޅާނެ ބަޔަކު ހޯދަނީ
ހުޅުމާލޭގައި ކޮމިއުނިޓީ ސެންޓަރެއް އަޅާނެ ބަޔަކު ހޯދަނީ
ލިޔުން:
ހުޅުމާލޭގައި ކޮމިއުނިޓީ ސެންޓަރެއް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން ހައުސިންްގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.
އެޗްޑީސީ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ވާ ގޮތުން، އެ ސެންޓަރު އަޅަން އެއް ފަރާތަށް ވުރެ ގނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ ބޮޑަށް އިސްކަމެއް ދެވޭނީ އެޗްޑީސީއިން ކުރިއަށް ގެންދާ އެޗްޑީސީގެ ވިޝަން ސްޓްރެޓެޖިކް އޮބްޖެކްޓިވްސް އާއި މާސްޓަރޕްލޭން އަށް އެންމެ އެކަށީގެންވާ ހުށަހެޅުމަށް ކަމަށް ވެސް އެ އިއުލާނުަގައި ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގައި ކޮމިއުނިޓީ ސެންޓަރެއް އެޅުމުގެ މަޝްރޫއަކީ އެ ސެންޓަރުގެ މަސައްކަތް ކުރާ ފަރާތުން ކޮމިއުނިޓީ ސެންޓަރު ހިންގާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫ އެކެވެ.
އެ މަަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ މާޗް މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑޮކިއުމަންޓް ސެޓް ހުށަހަޅަންވާނީ ރަނގަޅަށް ފުރިހަމަކޮށް 'އިންވެސްޓްމަންޓް ގައިޑްލައިން' ގެ 'ސްޓޭޖް 1 ސަބްމިޝަން އޮފް އެކްސްޕްރެސް އޮފް އިންޓަރެސްޓް' ގައި ކަނޑައެޅިފައިވާ ފޯމެޓާއި އެއްގޮތުގެ މަތިން ކަމަށެވެ. އަދި އިންވެސްޓްމަންޓް ގައިޑްލައިން އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ވެސް އެ އިއުލާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
