
ހުޅުމާލޭގައި އެކްސިޑެންޓްވި ޒުވާނާ މަރުވެއްޖެ
ހުޅުމާލޭގައި އެކްސިޑެންޓްވި ޒުވާނާ މަރުވެއްޖެ
ލިޔުން:
މިދިޔަ ހަފްތާ އަންގާރަ ދުވަހު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 20 އަހަރުގެ ޒުވާނާ ރޭ މަރުވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 3:17 ހާއިރު އެވެ. އެކްސިޑެންޓްގައި އަހުމަދު ޒައިން، ވަޒަން، ހދ. ނެއްލައިދޫ، އަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ރޭގެ ވަގުތެއްގައި އޭނާ މަރުވީ އައިޖީ އެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. ފުރަތަމަ އޭނާ އަށް ފަރިޥާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދޭން ފެށިއިރު ވެސް ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
