މާލެ: 31°C
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ

February 20, 2024
3 ފަހަރު ބަލާފައި
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭ މިދިލި މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންބުނީ މިއެކްސިޑެންޓް ހިނގާފައިވަނީ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލް ހަރުކުރުމަށް ޖަހާފައި ހުރި ހޮޅިތަކުގައި ޖެހިގެން ކަމަށެވެ. މިއެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8.45 ހާއިރު ކަމަށް ފުލުހުން ބުންޏޭޥޭ. މިއެކްސިޑެންޓްގައި ކާރު ދުއްވަން އިން ޑްރައިވަރަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ