
ހުޅުމާލެ ފަޅު ހިއްކަން އުޅެނީ ގާނޫނާ ހިލާފަށް: މުއިއްޒު
ހުޅުމާލެ ފަޅު ހިއްކަން އުޅެނީ ގާނޫނާ ހިލާފަށް: މުއިއްޒު
ލިޔުން:
ހުޅުމާލޭގެ ޕްލޭން ބަދަލުކޮށް، ފަޅުތެރެ ހިއްކަން އުޅުމަކީ ތެދެއްކަމަށް ވާނަމަ އެއީ ލާމަރުކަޒީ ގާނޫނާއި ހިލާފަށް މާލެ ސިޓީ ކައުންސިލާއި އެއްވެސް މަަޝްވަރާއެއް ކުރުމެއްނެތި ކުރާ ކަމެއްކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ރައްޔިތުންނަށް ފައިދާ ކުރާކަމެއް ނަމަ، ރަނގަޅުކަމެއްކަމަށް ދެކިލައްވާ ކަމަށެވެ. ނަމަވެސް، އެކަން ކުރަންވާނީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ހިއްކަން ބުނާ ސަރަހައްދަކީ އާބަންކޯ އަށް ހަދައިދީފައިވާ ރެޖިސްޓްރީގައި ނުހިމެނޭ ސަރަޙައްދެއްކަމަށާއި އެއީ މާލެ ސިޓީ ކައުންސިލުގެ އިހުތިސާސް ގައި ހިމެނޭ ސަރަހައްދެއް ކަމަށެވެ.
[embed]https://twitter.com/MMuizzu/status/1656545864347967488[/embed]
މޭޔަރު އިތުރަށް ވިދާޅުވީ މި މަޝްރޫއަކީ، ހުޅުމާލެ މާސްޓާ ޕްލޭނާއި ހިލާފުކަމެއްކަމަށެވެ. އަދި ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާއި ގުޅިގެން މާސްޓަރޕްލޭނަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި ޢަމަލު ކުރަމުންދާއި ޤާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށްކަމަށް ވެސް ވިދާޅުވިއެވެ.
" ޑިމޮކްރަސީއެއްގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާއި ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއް، ވުމާއެކު، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ގެ ތެރޭގައި ހިމެނޭ އަދި އާބަންކޯ ގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ގާނޫނާއި ހިލާފަށް، ހުޅުމާލޭގެ މާސްޓާޕްލޭނާއިވެސް ހިލާފަށް، ކައުންސިލްގެ މަޝްވަރާއެއްނެތި، އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހޯދުމަކާއި ނުލާ، ކުރަން އުޅޭ އުޅުން އިސްލާޙު ކުރައްވަވާ، ގާނޫނާއި ގަވާޢިދާއި އެއްގޮތްވާގޮތުގެ މަތީން ޢަމަލުކުރެއްވުމަށް އިލްތިމާސްކުރަން" މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
އަދި އެގޮތަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
