
ހުޅުމާލެ ފަޅު ހިއްކާނީ އީއައިއޭ ހަދާފަ: އަސްލަމް
ހުޅުމާލެ ފަޅު ހިއްކާނީ އީއައިއޭ ހަދާފަ: އަސްލަމް
ލިޔުން:
ހުޅުމާލެ ފަޅުން ބޯހިޔާވަހީކަމަށް ހިއްކާ ބިން ހިއްކާނީ ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ހަދާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައިގެން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް އެެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ސައީދު އެއްސެވީ ހުޅުމާލެ އަނެއްކާވެސް ހިއްކަން ނިންމާފައިވާ އިރު އެކަން ކުރާނީ އީއައިއޭ ހަދައިގެންތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ވެސް އަލުން ހިއްކާނީ ގާނޫނުތަކާ އެއްގޮތަކަށް ކަމަށެވެ.
"ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރަން ޖެހޭ މަސައްކަތް ކޮށްގެން އެ މަސައްކަތް ކުރިއަށް ދާނީ" މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެ ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭންގައި ކުރޫޒް ޓާމިނަލެއް އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގެ ޕްލޭން ބަދަލުކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން އެސަރަހައްދުން ބިން ހިއްކުމަށް މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށް ވާހަކަދެކެވުނު ނަމަވެސް އެކަން އިއުލާނުކޮށްފައެއްނުވެއެވެ.
ހުޅުމާލެ ފަޅު ހިއްކުމާމެދު ގިނަބަޔަކު ފާޑުކިޔަމުންދާ އިރު ބައެއް މީހުން ބުނަނީ އެއީ ތިމާވެއްޓަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއްކަމުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
