
ސެންޓްރަލް ޕާކް ފެންއަރުވާވަޑާން ނުޖައްސަނީ މައްސަލައެއް ދިމާވެގެން
ސެންޓްރަލް ޕާކް ފެންއަރުވާވަޑާން ނުޖައްސަނީ މައްސަލައެއް ދިމާވެގެން
ލިޔުން:
ހުޅުމާލޭ ސެންޓްރަލް ޕާކްގައިވާ ފެންއަރުވާ ވަޑާން އެއްގޮތަކަށް ވެސް ނުޖައްސާތާ ދުވަސްތަކެއް ފަހުން، އެ ތަނުގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑައިލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިއދު ކުރި ޓްވީޓެއްގައި ބުނީ ސެންޓްރަލް ޕާކްގައިވާ ފެންއަރުވާ ވަޑާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ވަގުތީގޮތުން ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މައްސަލަ ހައްލުކުރުމަށްފަހު ވީއެންމެ އަވަހަށް ފެންއަރުވާ ވަޑާން އަލުން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
[embed]https://twitter.com/hdcmaldives/status/1635588411091480577?s=20[/embed]
ހުޅުމާލޭ ސެންޓްރަލް ޕާކްގައި ފެންއަރުވާ ވަޑާން ހެދުމުގެ މަސައްކަތް އެޗްޑީސީން ފެށީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. އެތަނުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވައިލީ 2021 ވަަނަ އަހަރު އެވެ. ތުރުކީގެ ޓާމަކްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހެދި އެ ތަނަކީ މިއުޒިކާއި އެކި ކުލަތަކުގެ އަލިތަކާ އެކު އެކި ސްޕީޑްގައި ފެން އަރާ ގޮތަށް ހަދާފައިވާ ތަނެކެވެ. ވިހިހާސް އަކަފޫޓްގެ ޖާގައެއްގައި ހަދާފައިވާ އެތަނުގެ ފެން އެންމެ މައްޗަށް އަރާ އިރު 15 މީޓަރާ ހަމައަށް އުފުލެ އެވެ. ތުރުކީގެ ޓާމަކްސް ކުންފުންޏަކީ ސަލްމާން މިސްކިތާއި ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރި ކުންފުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
