
ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރަން ހެލްތު ސްކްރީނިން ޕްރޮގްރާމެއް ބާއްވަނީ
ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރަން ހެލްތު ސްކްރީނިން ޕްރޮގްރާމެއް ބާއްވަނީ
ލިޔުން:
ހުޅުމާލޭގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ބާއްވަން އާބަންކޯ އިން ނިންމައިފި އެވެ.
އާބަންކޯއިން ބުނީ މިއަދުގެ ޕްރޮގްރާމު ކުރިއަށްދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު އެކެއް އަދި ރުއްގަނޑު ތިނެއް ސަރަހައްދުގައި ކަމަށެވެ.
މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށެވެ. އެގޮތުން ރުށްގަނޑު 1 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާރުން ބަލަމުންދާނީ ހިތުގެ ބަލިތަކުގެ ހިރާސްތަކެވެ. އަދި މި ތިން ސަރަހައްދުގައި މިފަދަ ބަލިތަކުގެ ހިރާސް ދެނެގަތުމަށް ހަކުރު ޓެސްޓާއި، ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އާބަންކޯ އިން ބުނީ މިފަދަ ޕްރޮގްރާންތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމަށާއި މިކަންކަމަށް އާންމުން އަހުލުވެރިކުރުވުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
