މާލެ: 31°C

ހުޅުލޭ ރަންވޭ ކައިރިން ފަޅުގެ ސަރަހައްދު ވަކިކޮށް ފެންސް ޖަހަނީ

ހުޅުލޭ ރަންވޭ ކައިރިން ފަޅުގެ ސަރަހައްދު ވަކިކޮށް ފެންސް ޖަހަނީ
March 7, 2023
2 ފަހަރު ބަލާފައި
ހުޅުލޭ ރަންވޭ ކައިރިން ފަޅުގެ ސަރަހައްދު ވަކިކޮށް ފެންސް ޖަހަނީ
ހުޅުމާލޭގެ ފަޅުގައި އަޅާ އުޅަނދުތައް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭއާ މާ ކައިރީގައި ނޭޅޭ ގޮތަށް، އެ ސަރަހައްދުގައި ދަގަނޑު ޕައިލް ޖަހައި ބަންދުކުރުމުގެ މަސައްކަތް ފަށަން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވެއްޖެ އެވެ. އެ މަސައްކަތް ފެށުމަށް ޓަކައި، އެ ސަރަހައްދު ހުސްކުރަން އަންގައި އެމްއޭސީއެލް އިން އިއްޔެ ވަނީ ސާކިއުލާ އެއް ނެރެފަ އެވެ. އެ ސާކިއުލާގައި ބުނީ ހުޅުލޭގެ އިރު އުތުރުން، ހުޅުމާލޭގެ ފަޅާއި ހުޅުލޭގެ ފަޅު ވަކި ކުރުމައްޓަކައި ވޯޓާ ފެންސް ޖަހާ ސަރަހައްދު އޮރެންޖް ކުލައިގެ ބޮއި ތަކަކުން ފާހަގަކޮށްފައި ވާނެ ކަމަށެވެ. ފާހަކޮށްފައިވާ ސަރަހައްދުގައި ހުޅުލެއާ ވީ ފަޅީގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނަގަން ވެސް އެ ސާކިއުލާގައި އެދިފައި ވެ އެވެ. އެއީ އެމްއޭސީއެލް އިން ބުނި ގޮތުގައި ޕައިލް ޖެހުމުގެ މަސައްކަތް ފެށުމަށް ޓަކަ އެވެ. އެމްއޭސީއެލް އިން ބުނީ ހުޅުމާލެއާ ވީ ފަޅީގައި އަޅާ އުޅަނދުތައް އޮރެންޖު ބޮއިތަކުން ފެށިގެން އުތުރަށް 20 މީޓަރު ނުވަތަ 65 ފޫޓުގެ ދުރުމިނުގައި ބަހައްޓަން އެދޭ ކަމަށާއި އެއީ ރައްކާތެރިކަމަށް ޓަކައި ކަމަށެވެ. ބޮއިތަކުން ފާހަގަކޮށްފައިވާ ސަރަހައްދާ އެއަށް ވުރެ ކައިރިއަށް ވަންނަ އުޅަނދު ފަހަރަށް، ލިބޭ ގެއްލުމަށް އެމްއޭސީއެލް އިން ޒިންމާ ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ސަރަހައްދުން އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން އަންނަ ހުކުރު ދުވަހު ފަށާނެ ކަަމަށް ވެސް އެމްއޭސީއެލްގެ ސާކިއުލާގައި ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ