މާލެ: 31°C

ހުކުރުވިލޭރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ހުކުރުވިލޭރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
September 8, 2024
2 ފަހަރު ބަލާފައި
ހުކުރުވިލޭރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ހުކުރުވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ޒުވާނާ ނިޔާވެއްޖެއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހުކުރުވިލޭރޭ މާލޭގެ ބޮޑުތަކުރުފާނު މަގުން ވިލާހަކަތަ ކުރިމަތިން ކޮއިމަލާ ހިނގުން ގުޅޭ ކަންމަތިން އެރޭ 00:35 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެެ.
އެ އެކްސިޑެންޓްގައި އަނިޔާވި 21 އަހަރުގެ ޒުވާނާ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެނެގޮސް ފަރުވާދޭންފަށާފައިވާކަމަށާއި އަދި ފަހުން އެ ޒުވާނާ އަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް ގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް ފުލުހުންވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެެ.
މާލެ ސަރަޙައްދުގައި މިމަހު އާދަޔާ ހިލާފަށް ބޮޑެތި އެކްސިޑެންޓުތައް ދަނީ ހިނގަމުންނެވެ. އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ހިނގި އެކްސިޑެންޓައި އަނިޔާވި 23 އަހަރުގެ ޒުވާނެއްވެސް ވަނީ ނިޔާވެފައެވެެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ