ހުރިޙާ ދާއިރާއެއްގެ އާ މުސާރައިގެ އޮނިގަނޑު ހަދައި ނިމިއްޖެ

ހުރިޙާ ދާއިރާއެއްގެ އާ މުސާރައިގެ އޮނިގަނޑު ހަދައި ނިމިއްޖެ
ލިޔުން:
ދައުލަތުގެ ހުރިހާ ދާއިރާއެއްގެ މުސާރަ އެއްހަމަ ކުރުމަށް ކުރިއަށްގެންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މަތީތައުލީމުދޭ މަރުކަޒުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ. ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ.
ނަމަވެސް އެ ފްރެމްވޯކަށް ހިޖުރަކުރާނީ އެކަމަށް ބަޖެޓް ކަނޑައަޅައި ރާއްޖޭގެ މުޅި އިގްތިސާދަށް ބެލުމަށްފަހުގައި ކަމަށް އަމީރު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް އެމަސައްކަތް ނިމިފަވަނީ އެހެންނަމަވެސް އާ ފްރޭމްވޯކަށް ހިޖުރަ ކުރާނީ ކޮންއިރަކުތޯ ނިންމާނީ، މުޅި ބަޖެޓާ އެއްކޮށް ، މުޅި އިގްތިސާދަށް އަންނަބަދަލު ބެލުމަށްފަހު ، މުޅި ސިވިލްސާވިސްގެ އާ ޕޭ ފްރޭމް ވޯކަށް ހިޖުރަ ކުރާނީ" އަމީރު ވިދާޅުވިއެވެ.
އާ ޕޭ ފްރޭމް ވޯކަށް ހިޖުރަކުރާނީ މުއައްސަސާ ތަކުގެ ގިންތިތައް ކަނޑައަޅާ އެއްހަމަ ކޮށްފައިކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
" މިސާލަކަށް ކުރިއަށް އޮތްތާ ހުރިހާ ވުޒާރާއެއްގެ އެޗްއާރުގައި ތިއްބެވި މުވައްޒަފުންނަށް ލިބޭނީ އެއް މުސާރައެއް. އެކިއެކި މުއައްސަސާތަކުގަ އެބަތިބި ތަފާތު މުސާރަތަކުގަ. ހަމައެކަނި ތަފާތަކީ ގިންތިތައް. މުއައްސަސާތައް ހުންނާނެ އަޅުގަނޑުމެން ގިންތި ކޮށްފަ." އަމީރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ، މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ މުވައްޒަފުންގެ މުސާރައަށް އައި ބަދަލުގެ ތަފްސީލު ހާމަކޮށްފައިވާ އިރު، އާ ޕޭ ފްރޭމްވޯކްގެ ދަށުން ސަރުކާރުން މީގެ ކުރިން ވަނީ ޓިޗަރުންގެ މުސާރަވެސް ބޮޑުކޮށްފައެވެ. އަދި އަންނަ މެއި މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ. މީގެ އިތުރުން ޕޭ ޙާމަނައިޒޭޝަނެގެ މަސައްކަްތ ނިމޭ އިރު ސިވިލް ސާރވިސްއާއި، އެނޫންވެސް ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވެސް ސަރުކާރުން ބުނެއެވެ.
.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
