މާލެ: 31°C

ހުއްދަނުނަގާ މަޑިފުށި ރިސޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ ކޮށްފި

February 7, 2023
2 ފަހަރު ބަލާފައި
ހުއްދަނުނަގާ މަޑިފުށި ރިސޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ ކޮށްފި
ހުއްދަނުނަގާ މަޑިފުށި ރިސޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ ކޮށްފި
މަޑިފުށި ޕްރައިވެޓް އައިލެންޑްގެ ނަމުގައި ހިންގަމުން އަންނަ ރިސޯޓުގެ ގޮނޑުދޮށް، ހުއްދަ ނުނަގާ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމުން ޖޫރިމަނާކޮށްފިއެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މ. މަޑިފިށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކޮށްފައިވުމުން އެ އެެޖެންސީއިން އެކަން ބަލާފައިވާ ކަމަށެވެ. [embed]https://twitter.com/EPAMaldives/status/1622810895301902336?s=20&t=ELeGSrZpjcB6e-YeJuC6Hg[/embed] އެގޮތުން އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އީ.އައި.އޭ މަރުހަލާ ފުރިހަމަ ނުކޮށް ކަމަށާއި އަދި ތިމާވެށީގެ ކުލިއަރެންސް ހޯދެއްވުމަކާ ނުލާ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. އެގޮތަށް އެ މަސައްކަތް ކޮށްފައިވުމުން އީޕީއޭއިން އެރިސޯޓު ހިންގާ ކުންފުނި ކަމުގައިވާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް 20،000.00 (ވިހި ހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މިފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަ އެއިދާރާއިން އިންފްލައިޓް ކޭޓަރިންގ އަށް 5 ޖެނުވަރީ ގައި އަންގާފައިވާ ކަމަށް ބުނެފައިވެއެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ