މާލެ: 31°C
ހުއްދަނެތި ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ދެ ބޯޓެއް ހިފަހައްޓައިފި

ހުއްދަނެތި ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ދެ ބޯޓެއް ހިފަހައްޓައިފި

January 26, 2024
3 ފަހަރު ބަލާފައި
ހުއްދަނެތި ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ދެ ބޯޓެއް ހިފަހައްޓައިފި

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ދެ ބޯޓެއް  އެމްއެންޑީއެފް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެއީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވިގެން ހިފެހެއްޓި ދެ ބޯޓު ކަމަށެވެ.  އެއީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަމެއް އެމްއެންޑީއެފުން ނުބުނި ނަމަވެސް،  ސިފައިން އާއްމު ކުރި ފޮޓޯއިން އެނގޭ ގޮތުގައި އެއީ ސްރީލަންކާ ދެ ބޯޓެވެ. 

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓުތައް ހިފަހައްޓަ އެވެ. މިގޮތަށް އެންމެ ގިނައިން ހިފަހައްޓާފައިވަނީ ލަންކާ އާއި އިންޑިއާގެ ބޯޓު ތަކެވެ. އޭގެ ތެރެއިން ގިނަ ބޯޓްތަކާއި މީހުން އަނބުރާ އެ ގައުމުތަކަށް ފޮނުވާލައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ