
ހުދާ، ޗައިނާ ސަފީރުކަމަށް އައްޔަން ކުރަން ރުހުން ހޯދަން ހުށަހަޅައިފި
ހުދާ، ޗައިނާ ސަފީރުކަމަށް އައްޔަން ކުރަން ރުހުން ހޯދަން ހުށަހަޅައިފި
ލިޔުން:
ރާއްޖެއިން ޗައިނާއަށް ކަނޑައަޅާ ސަފީރުކަމަށް ހ. ފިލިގަސްދޮށުގޭ، ހުދާ އަލީ ޝަރީފް އައްޔަން ކުރަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަސްލާގައި ވަނީ، ހުދާ އެ މަގާމަށް އައްޔަނުކުރަން ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު މަޖިލީހަށް ފޮނުއްވި ސިޓީ އިއްވާފައެވެ.
ރާއްޖެއިން މިހާރު ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ މ. ބީނާފުށި، އައިޝަތު އަޒީމާ އެވެ.
ރައީސްގެ ސިޓީގައި ވަނީ، އަޒީމާގެ ބަދަލުގައި ހުދާ އެ މަގާމަށް އައްޔަނުކުރަން ގަސްތު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެބަދަލު ގެންނަވާ ސަބަބެއް ވިދާޅެއްނުވެއެވެ.
އެކަމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންފައި ވެއެެވެ.
އެކަމާމެދު އިތުރަށް ކުރަންޖެހޭ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
