
ހައުސިން ސްކީމްތަކާ ގުޅުވައި ، އޮޅުވައިލުމުގެ ކޯލްތަކެއް ކުރާތީ ސަމާލުވާން އެދިއްޖެ
ހައުސިން ސްކީމްތަކާ ގުޅުވައި ، އޮޅުވައިލުމުގެ ކޯލްތަކެއް ކުރާތީ ސަމާލުވާން އެދިއްޖެ
ލިޔުން:
ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅުވައިގެން އޮޅުވައިލުމުގެ ކޯލްތަކެއް ކުރާތީ، އެފަދަ ކޯލްތަކަށް އިޖާބަ ނުދޭން ހައުސިން މިނިސްޓްރީން އެދިއްޖެ އެވެ.
ހައުސިން މިނިސަޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފު "މިނިވަން"އަށް މިއަދު ވިދާޅުވީ ގެދޮރުވެރިޔާ އަދި ބިންވެެރިޔާ ސްކީމާ ގުޅޭ ގޮތުން ކަމަށް ބުނެ އެކި ފަރާތްތަކަށް އޮޅުވައިލުމުގެ ކޯލުތައް ކުރާ ފަރާތްތަކުން، ބޭނުންކުރާ ނަމްބަރަށް މީހުން ފަހުން ގުޅައިފި ނަމަ މިނިސްޓްރީގެ ރިސެޕްޝަނަށް އެކޯލްތައް ޑައިވާޓްވާ ގޮތަށް ހަދާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް ކަންތައް ކުރާތީ އާއްމުންގެ ގިނަ ކޯލްތަކެއް ހައުސިން މިނިސްޓްރީއަށް މިއަދު ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކިމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކަށް މި މިނިސްޓްރީއަކުން ނުގުޅާނެ. އެ ސްކީމްތަކާ ގުޅޭ ގޮތުން ކަމަށް ބުނެ މިހާރު ކުރަމުން އެދަނީ އޮޅުވައިލުމުގެ ކޯލްތަކެއް،" އާރިފު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމަކީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ކުރިއަށް ގެންދާ ފްލެޓް މަޝްރޫއުގައި އަޅާ ފްލެޓްތައް ދޫކުރުމުގެ ސްކީމެވެ. ގެދޮރުވެރިޔާ ސްކީމަކީ މާލޭ މީހުންނަށް ގޯތިދޭން ކުރިއަށް ގެންދާ ސްކީމެވެ. އެ ދެ ސްކީމުގައި ވެސް ފޯމު ފުރުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
