މާލެ: 31°C
ހައުސިންގ މިނިސްޓްރީގެ އިޢުލާނަކުން ބަންޑާރަގޯތީގެ ރަޖިސްޓްރީ ބާތިލު ނުކުރެވޭނެ؟

ހައުސިންގ މިނިސްޓްރީގެ އިޢުލާނަކުން ބަންޑާރަގޯތީގެ ރަޖިސްޓްރީ ބާތިލު ނުކުރެވޭނެ؟

8 ޖުލައި 2025
954 ފަހަރު ބަލާފައި
ހައުސިންގ މިނިސްޓްރީގެ އިޢުލާނަކުން ބަންޑާރަގޯތީގެ ރަޖިސްޓްރީ ބާތިލު ނުކުރެވޭނެ؟

ހައުސިންގ މިނިސްޓްރީގެ އިޢުލާނަކުން ބަންޑާރަގޯތީގެ ރަޖިސްޓްރީ ބާތިލު ނުކުރެވޭނެ؟

ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނު 1/2002 އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ދިރިއުޅަށްޓްމަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު" ގެ ދަށުން ދޫކޮށްފައިވާ އެތައް ހާސް ބަންޑާރަ ގޯއްޗެއްގެ ރަޖިސްޓްރީ އެ ގޯތި ލިބުނު ފަތާތަކާ ހަވާލުކުރުމަށްފަހު އެ ރަޖިސްޓްރީ ތައް "ކެންސަލް" އޭ ބުނެވިދާނެތޯއެވެ؟  މިއީ ޤާނޫނީ ދާއިރާގެ ތަޖުރިބާކާރަކަށް ނުވިނަމަވެސް އާންމު ބުއްދީގެ ހަމަތަކަށް ބެލިނަމަވެސް ހަމަ ކޮންމެ މީހަކަމު ހިތާހިތާ ނަމަވެސް ކުރާނެ ސުވާލެކެވެ.

ބިމާބެހޭ ޤާނޫނު ބުނާ ގޮތުން ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަމަކީ ރަށެއްގައި ނަމަ ރަށު ކައުންސިލް ސިޓީއެއްނަމަ ސިޓީ ކައުންސިލް އަދި ވަކިތަނެއް ނުވަތަ ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުއެއް ނަމަ  އެ މަޝްރޫޢު ހިންގުމަށް ސަރުކާރުން ހަމަޖައްސާ ފަރާތަކުން ކުރާންޖެހޭ މަސައްކަތެކެވެ.

އެގޮތުން 2023 ވަނަ އަހަރު ގުޅީފަޅު އާބާދުކޮށް ސަހަރެއް ބިނާކުރުމަށް ސަރުކާރުން ހިންގާފައިވާ މަސައްކަތުގެ ދަށުން އޭރުގެ ހައުސިންގ މިނިސްޓްރީން ވަނީ މިދެންނެވި ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ބަންޑާރަގޯތި ދޫކުރުމުގެ ޤަވާއިދުގައި ބުނާ ގޮތުގެ މަތިން އެތައްހާސް ރަޖިސްޓަރީ ދޫކޮށްފައެވެ.

އެހާ ހަމައިން ގުޅީފަޅުން ދޫކޮށްފައިވާ ރަޖިސްޓަރީ ތަކަކީ ހަމަ މާލޭގެ އަވަށްތަކުން ދޫކޮށްފައިވާ ބަންޑާރަ ގޯތި ތަކުގެ ރަޖިސްޓަރީތައް ފަދައިން ޤާނޫނީ ބުރަދަނުގައި އެއްވެސް ތަފާތެއް ނެތް އެއްޗަކަށް ވަނީ ވެފައެވެ.

އެހެންކަމުން ހައުސިންގ މިނިސްޓްރީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އިއުލާނެއް ކޮށްލައިގެން މާލޭގެ މާފަންނުން ދޫކޮށްފައިވާ ހުރިހާ ގޯތިތަކުގެ ރަޖިސްޓްރީ ތައް ބާތިލް ވީއޭ އަލުން ލޭންޑް ޔޫސްޕްލޭނާ އެއްގޮތަށް ގޯތި ލިބޭތަން ކަނޑައަޅަން ގުރުނަގަން އަންނާށޭ ބުނެވިދާނެ ތޯއެވެ. މިއީ ޤާނީ މާހިރެއްގެ ބަހެވެ. އެ ބޭފުޅާ ވިދާޅުވަނީ އެފަދަ ކަންކަމަކީ "ގނނ" މި 3 އަކުރު އެއްކޮށްލައިގެން ކިޔާ އަޑުއިވިފަ ހުރި މީހަކު ކުރާނެ ވަރުގެ ކަމެއް ނޫންކަމަށެވެ. 

އެހެން އެކަން ކޮށްގެން އެކަމުން ނިކުމެދާނެ ނަތީޖާ އަކީ ކޮބައިތޯއެވެ. ހައުސިންގ މިނިސްޓްރީގެ އިއުލާނާ ގުޅިގެން އެ ރަޖިސްޓަރީގެ ވެލިޑިޓީއަކަށް ނުވަތަ ޤާނޫނީ ބުރަދަނަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ޤާނޫނީ މާހިރުން އެދަނީ ބުނަމުންނެވެ. މީހުންނަށް ދިރިއުޅުމަށް ދޫކޮށްފައިހުންނަ ބަންޑާރަ ގޯތި ދައުލަތުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަނބުރާ ނުނެގޭނެ ކަމަށާއި، އެ ފުރުސަތަކީ ޤާނުނު އަސާސީ އާއި ޤާނުނުތަކުންވެސް ދައުލަތަކަށް ލިބިދީފައިވާ ބާރުތަކެއް ނޫން ކަމަށް ޤާނޫނީ މާހިރުން އެދަނީ ބުނަމުންނެވެ.

ވުމާއެކު މިފަދަ ހައްސާސް މައްސަލައެއްގައި ހައުސިންގ މިނިސްޓްރީން މިފަދަ ކަންކަން މި ކުރަނީ ދައުލަތުގެ މުވައްސަސާތަކަށް ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުމަށް ޤާނޫނީ ޒިންމާ މަތިކޮށްފައިވާ ބަންޑާރަ ނައިބުގެ ލަފާފުޅެއްވެސް ހޯދުމަކާ ނުލާ ބާވައޭޥޭސް ހީވާ ހިސާބަށް މިކަން މިވަނީ ގޮސްފައެވެ.

ގުޅީފަޅުން ބަންޑާރަ ގޯތި ލިބިފައިވާ މީހަކު މިނިވަންއަށް ބުނީ އޭނާ އަށް ގުޅީފަޅުން ކުރިން ލިބިފައޮތް ޕްލޮޓް ބަދަލުކުރަން ބޭނުންނުވާ ކަމަށާއި އެކަމާ ދެކޮޅަށް ކޯޓަށްވެސް ދާނެ ކަމަށެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީން އެ މަސައްކަތް ކުރަނީ އެމީހާގެ ޕްލޮޓް އެހެންމީކަށް އަނެއްކާވެސް ރަޖިސްޓްރީއެއް ހެއްދުމަށްފަހު ދޫކުރުމަށެވެ.

2023 ވަނަ އަހަރު ގުޅީފަޅުން ދޫކޮށްފައި ބަންޑާރަގޯތީގެ ރަޖިސްޓްރީ ތަކަކީ އެންމެ ޒަމާނާއެއްގޮތަށް ޗާޓުކެރެވި ގޯތީގެ 4 ކަނުގެ ޖީޕީއެސް ކޯޑިނޭޓްސް ވެސް ރަޖިސްޓަރީގައި ހިމަނައިގެން ދޫކޮށްފައިވާ ރަޖިސްޓްރީތަކަކަށްވާއިރު ހައުސިންގ މިނިސްޓްރީން މިހާރު ކުރަން މިއުޅޭ ކަންކަމާއި ގުޅިގެން ނިކުމެގެންދާނެ ގޯސް ހިތައް ތަސައްވަރު ނުކުރެވެނީބާއެވެ. މި އީ ގިނަބައެއްގެ ހިތުގައި މިހާރު ހިނަގަހިނގާ ހުންނާނެ އެއް ސްވާލެވެ؟

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި
ހަބަރު

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި
ހަބަރު

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ