މާލެ: 31°C
މިދައުރު ނިމުމުގެ ކުރިން މި ސަރުކާރުން ތަރައްގީކުރާ ފުލެޓްތަކަށް މީހުންނަށް ވަދެވޭނެ: ރައީސް

29 ޖޫން 2026
143 ފަހަރު ބަލާފައި
މިސަރުކާރުން އަޅާ ހައުސިންގ ޔުނިޓަތަކަށް މި ދައުރު ނިމުމުގެކުރިން އެތަންތަން ނިންމައި މީހުން ވައްދައި ދިރިއުޅެން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފައިނޭންސްގެ ތެރެއިން ހިންގާ ހައުސިންގ މަޝްރޫއުގެ ތެރޭގައި ހިމެނޭ 13 ރަށެއްގައި ހައުސިން ޔުނިޓްތައް ހިންގުމަށްޓަކައި ކޮންޓްރެކްޓަރުންނަށް އެޑްވާންސް ފައިސާވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް ފައިނޭންސިންގެ ދށުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުގެ އަމަލީ މަސައްކަތަށް ދިއުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ނިމި، އަންނަ ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ސީދާ އަސްލު ފައުންޑޭޝަން ކޮންކްރީޓް މަސައްކަތް އަންނަ ޖުލައި މަސް ތެރޭގައި ފެށިގެން ދާނެ ކަމަށް މިއަދު ހެނދުނު އޮތީ މައުލޫމާތު ލިބިފައި،". ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، 2028 ވަނަ އަހަރުގެ މެދަކާއި ހަމައަށް ދާއިރު، ހައުސިން މަޝްރޫއުތަކުގެ ވަރަށް ބޮޑު އިންސައްތައެއް ނިމެނޭ ކަމަށާއި، އަދި ބައެއް ރަށްރަށުގެ މަސަައްކަތްތައް 2027 ވަނަ އަހަރުގެ ފަހުކޮޅަށްވެސް ނިންމޭނެ ކަމަށެވެ.

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި
ހަބަރު

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ