މާލެ: 31°C

ހައުސްޕްލާޒާ ގައި ހިނގި އަލިފާނުގެ ހާދިސާއާއިގުޅިގެން 2 ގެއަކުން 55 މީހުންނަށް ދަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން: އެންޑީއެމްއޭ

February 9, 2025
326 ފަހަރު ބަލާފައި
ހައުސްޕްލާޒާ ގައި ހިނގި އަލިފާނުގެ ހާދިސާއާއިގުޅިގެން 2 ގެއަކުން 55 މީހުންނަށް ދަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން: އެންޑީއެމްއޭ
ހައުސްޕްލާޒާ ގައި ހިނގި އަލިފާނުގެ ހާދިސާއާއިގުޅިގެން 2 ގެއަކުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދެމުންދާކަމަށް އެންޑީއެމްއޭ އިން ބުނެފި އެވެ.

ހައުސްޕްލާޒާ ގައި ހިނގި އަލިފާނުގެ ހާދިސާއާއިގުޅިގެން 2 ގެއަކުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދެމުންދާކަމަށް އެންޑީއެމްއޭ އިން ބުނެފި އެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖަމްނަޓް ސެންޓަރ (އެންޑީއެމްއޭ) އިން ބުނީ މިއަދު ހެނދުނު މާފަންނު ޕްލާޒާ ހައުސް ގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 2 ގެއެއްގެ ފެންހޮޅިއަށް ގެއްލުން ލިބިފައިވާ ކަމަށާއި އަދި 2 ގެއަކުން 35 ދިވެހިންނާއި 20 ބިދޭސީން ހިމެނޭހެން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންގެންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގީ ޝީ ބިލްޑިން ކުރިމަތީގައި ހުންނަ މ. ހައުސް ޕްލާޒާގަ އެވެ. ފަޅަށް ހުންނަތާ ގިނަ ދުވަސްތަކެއްވީ އެ ގެއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ އުޅޭ ތަނެކެވެ. މީގެ ކުރިން ވެސް އެ އިމާރާތުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ މާފަންނުގައި ހުންނަ ހައުސް ޕްލާޒާ ގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީފްގެ ފަޔަރ އަށް މިއަދު ހެނދުނު 06:30 ހާ ކަންހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ