
އާދަޔާ ޚިލާފަށް ހޫނުގަދަވުމުން ބެންކޮކުގައި އެލާޓް ނެރެފި
އާދަޔާ ޚިލާފަށް ހޫނުގަދަވުމުން ބެންކޮކުގައި އެލާޓް ނެރެފި
ލިޔުން:
މިއިން ދުވަހަކުވެސް ހޫނުމިން މައްޗަށް ނުދާވަރަށް ބެންކޮކުގެ ހޫނުމިން މައްޗަށް ގޮސް ހޫނުގައި މީހުން މަރުވާން ފެށުމުން ކަމާ ބެހޭ އިދާރާތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށް އެލާޓްނެރެފިއެވެ.
ގަދަ ހޫނު ގަދަވުމުގެ ސަބަބުން މިހާތަނަށް 30 މީހުން މަރުވެއްޖެއެވެ.
ބެންކޮކުގެ މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި ބުރާސްފަތި ދުވަހުގެ އިހްސާސްކުރެވޭ ހޫނުމިން ވަނީ 52 ޑިގްރީ ސެލްސިއަސް އަށް އުފުލިފައެވެ. މިއީ އާދަޔާޚިލާފު ހޫނު މިނެއްކަން ފާހަގަކޮށް މޫސުމާ ބެހޭ އިދާރާއިން އެދިފައިވަނީ ކުރިއަށް އޮތް ހަ ދުވަހު އާންމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިއްމު ކަމަށެވެ.
ސިއްހަަތާ ބެހޭ ވުޒާރާއިން އެދިފައި ވަނީ ބޭރުގައި އުޅޭއިރު ގަޑިއަކު އެއްފަހަރު މަދުވެގެން ފެން ތައްޓެއް ބޭނުންކުރުމަށާއި ތެތް ތުވާއްޔެއް ފަދަ ނުވަތަ ތެތް ޓިޝޫއިން ހަންގަނޑު ފިނިކޮށްލުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އާންމުންނަށް ވަނީ މަޖުބޫރުވެފައެވެ.
މޫސުމާ ބެހޭ ރަސްމީ އިދާރާއިން ބުނާ ގޮތުގައި ކުރިއަށް އޮތް ހަ ދުވަހު ބެންކޮކުގެ އިހްސާސް ކުރެވޭ ހޫނުމިން ހޫނުމިން 47-52 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށެއް ނުވާނެއެވެ.
ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެދެނީ ކޮންމެހެން މުހިއްމު ބޭނުމެއްގައި ނޫނީ ދުވާލަކުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅުމަށެވެ.
އާދަޔާޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ތައިލެންޑުގެ ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންވުމުގެ އިތުރުން ކަރަންޓްބިލު ވެސް ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް އަރާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
