މާލޭ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަނުގެ 3 އޮފީހުން ވެސް މިއަދުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ޕާސްޕޯޓު ދޫކުރުމުގެ ޙިދުމަތް ދޭން ފަށައިފި އެވެ.
އެކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގެ އިމިގްރޭޝަނުގެ 3 އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހަކުވެސް ޕާސްޕޯޓް ދޫކުރުން ކުރިއަށްގެންދާނެ ކަމަށާއި އެގޮތުން މާލެއިން ވެލާނާގޭ ގައި ހުންނަ އިމިގްރޭޝަން އޮފީހުންނާއި، ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގުގައި ހުންނަ އިމިގްރޭޝަން އޮފީހުގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 2 ގައި ހުންނަ އެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ލިބެންހުންނާނެ ކަމަށެވެ.
އަދި ހޮނިހިރު ދުވަހުވެސް ޕާސްޕޯޓު ދޫކުރާއިރު ނަމްބަރު ދޫކުރާނީ ހެނދުނު 9:00 އިން 12:00 އާ ހަމައަށް ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.







