މާލެ: 31°C
ހޯމް މިނިސްޓްރީގެ ނައިބަކަށް ހަސަން އަލީ އައްޔަންކޮށްފި

ހޯމް މިނިސްޓްރީގެ ނައިބަކަށް ހަސަން އަލީ އައްޔަންކޮށްފި

January 10, 2024
3 ފަހަރު ބަލާފައި
ހޯމް މިނިސްޓްރީގެ ނައިބަކަށް ހަސަން އަލީ އައްޔަންކޮށްފި
ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ކުރިން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމާއި ހައި ކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައިވާ ހަސަން އަލީ އައްޔަންކޮށްފިއެވެ. ހޯމް މިނިސްޓްރީގައި މިހާރު ޖުމްލަ 15 ނައިބުންނާއި ތިން ސްޓޭޓް މިނިސްޓަރުން އެބަތިއްބެވިއެވެ. ހަސަން އަލީ، އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމު އަދާކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހައި ކޯޓުގެ ފަނޑިޔާރުކަމަށް އުޅުއްވުމަށްފަހު އެ މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގައެވެ. އޭނާ އަކީ ޝަރީއަތާއި ގާނޫނީ ދާއިރާއިން ދެކުނު ކޮރެއާ އިން ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. އޭނަ ފުލުހުންގެ ލީގަލްގެ މަގާމު ވެސް 2007-2013 އަށް ކުރެއްވިއެވެ. އޭގެ އިތުރުން، ހަސަން އަދާކުރެއްވި އިތުރު މަގާމުތަކުގެ ތެރޭގައި ހައި ކޯޓުގެ ރެޖިސްޓްރާކަމުގެ މަގާމު ވެސް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ