މާލެ: 31°C

ހޯމް މިނިސްޓަރ ގާޞީންނަށް ނުފޫޒު ފޯރުވާކަމުގެ ހެކި އެބަހުރިކަމަށް ޑރ.އިޔާޒް ވިދާޅުވެއްޖެ

ހޯމް މިނިސްޓަރ ގާޞީންނަށް ނުފޫޒު ފޯރުވާކަމުގެ ހެކި އެބަހުރިކަމަށް ޑރ.އިޔާޒް ވިދާޅުވެއްޖެ
September 7, 2024
2 ފަހަރު ބަލާފައި
ހޯމް މިނިސްޓަރ ގާޞީންނަށް ނުފޫޒު ފޯރުވާކަމުގެ ހެކި އެބަހުރިކަމަށް ޑރ.އިޔާޒް ވިދާޅުވެއްޖެ
ހޯމް މިނިސްޓަރ ގާޟީންނަށް ނުފޫޒު ފޯރުވާކަމުގެ ހެކި އެބަހުރިކަމަށް ޑރ.އިޔާޒް ވިދާޅުވެއްޖެއެވެ. ޑރ.އިޔާޒް އެހެ ވިދާޅުވީ ހޯމް މިނިސްޓަރ ފުލުުހުންގެ މައްޗަށް ނުފޫޒް ފޯރުވާކަމަށް އެމްޑީޕީން ބުނެފައިވާކަމަށް ނޫހަކުން ރިޕޯޓްކޮސްފައިވާ އާޓިކަލް އެއް ހިއްސާ ކުރައްވައި އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ޑރ.އިޔާޒް ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރ ނުފޫޒް ފޯރުވަނީ ހަމައެކަނި ފުލުހުންގެ މައްޗަށް ނޫން ކަމަށާއި، މުއްދަތު ޖަހަން އިންނަ ގާޟީ ވެސް އިންނަވަނީ ހޯމް މިނިސްޓަރުގެ މުށުތެރޭގައި ކަމަށާއި، ހޯމް މިނިސްޓަރ އޯޑަރު ދެއްވާ ގޮތަކަށް ނޫނީ ސްޓޭމްޕް ނުޖަހާ ކަމަށެވެ.
ފުލުހުންނަށް އެކަންޔެއް ނޫން. މުއްދަތު ޖަހަން އިންނަ ޤާޟީވެސް އިންނަވަނީ @min_mohst ގެ މުށުތެރެއަށް ލައި ފިއްތާލާފައި. އެމަނިކްފާނު އޯޑަރ ދެއްވިގޮތަކަށް ނޫނީ ރަބަރ ސްޓޭމްޕް ނުޖެހޭ. މާތް الله މިނޫން އުޖާލާ ދުވަސްތަކެއް ދިވެހިންނަށް ދައްކަވާށި. އާމީން.
އަދިވެސް ޑރ. އިޔާޒް ކުރައްވާފައިވާ އެހެން ޕޯސްޓެއްގައި ބުނެފައިވަނީ އެވާހަކަތައް އެމަނިކުފާނު ލިޔުއްވަނީ އެކަމުގެ ހެކި އެ މަނިކުފާނުގެ އަތުގައި ހުރީމައި ކަމަށެވެ.
އަޅުގަނޑު އަތުގައި ހެކި ހުރެގެން މިވާހަކަ ލިޔުނީ. އިތުރަށް ބޭޒާރުވާން ބޭނުން ނޫންނަމަ ހަނު ހުންނަވާ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ