މާލެ: 31°C

ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފި

January 16, 2023
2 ފަހަރު ބަލާފައި
ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފި
ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފި
ނ. ހޮޅުދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލު ކޮއްފިއެވެ. ހޮޅުދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޓަކައި ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ނ.ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ 400 ދުވަހުގެ މުއްދަތަށް 46.7 މިލިޔަން ރުފިޔާގެ އަގަށް ނިންމަން ކަނޑައަޅާފައެވެ. ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ކުރިމަތި ވެފައިވާ މައަސަލައެކެވެ. އެމައްސަލައަށް ހައްލެއް ހޯދަން އެކި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެން ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބޭ ރަށްތައް އަދިވެސް ވަރަށް ގިނައެވެ. އެ މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ބޮޑު ހަރަދެއްކުރެއެވެ. ގޮނޑުދޮށް ހިމާޔަތްކުރުމަށް ޓަކައި ރާއްޖޭގައި އާއްމުކޮށް ކުރާ ކަމަކީ ބޮޑުހިލައިގެ ތޮއްޓެއް ލުމެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ