މާލެ: 31°C

ހޯރަފުށީގަ ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުން ނިކުތް ކުދިންތަކެއް މީހަކަށް ހަމަލާދީ ޒަހަމްކޮށްލައި ފަޅުގެއަކަށް އެއްލާލާފައި އޮއްވާ ފެނިއްޖެ

July 15, 2026
328 ފަހަރު ބަލާފައި
ހޯރަފުށީގަ ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުން ނިކުތް ކުދިންތަކެއް މީހަކަށް ހަމަލާދީ ޒަހަމްކޮށްލައި ފަޅުގެއަކަށް އެއްލާލާފައި އޮއްވާ ފެނިއްޖެ
ހޯރަފުށީގަ ހުންނަ ހާފްވޭ ހައުސް (ކުޑަކުދިން ބަލަހައްޓާ މަރުކަޒު) ގައި ތިބި ކުދިންތަކެއް ރަށުތެރެެއަށް އަރައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ހޯރަފުށީގަ ހުންނަ ހާފްވޭ ހައުސް (ކުޑަކުދިން ބަލަހައްޓާ މަރުކަޒު) ގައި ތިބި ކުދިންތަކެއް ރަށުތެރެެއަށް އަރައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންވެސް ވަނީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި 3 ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ރިޕޯޓެއް ކޮށްފައިވާކަމަށް ބުނެފައެވެ.

ހއ. ހޯރަފުށީގައި ހުންނަ ހާފްވޭހައުސްގައި ތިބި ކުދިން އެތަނުން ނުކުމެ އެ ރަށު މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ފަޅުގެއަކަށް އެއްލާލާފައި އޮއްވައި ފެނިއްޖެ އެވެ.

މި ހާދިސާގައި ޒަހަމްވެފައިވާ މީހާ ފަޅުގެއިން ނެރެގެންގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯސަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ މީހަކަށް ކަމަށްވެސް ރިޕޮޓްކޮސްފައި ވެއެވެ.

އޮންލައިން ނިއުސް "މިހާރު" އަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު އަސްފާމް މައުލޫމާތު ދެއްވާފައިވާ ގޮތުން އެކުދިން ހާފުވޭ ހައުސް އިން ނިކުމެގެން ގޮސްފައިވަނީ ހާފްވޭ ހައުސް އާއި ދިމާލު ގޮނޑުދޮށުގައި މަސްބާނަން ކުރި މީހަކަށެވެ.

އަސްފާމް ވިދާޅުވެފައިވާ ގޮތުން އެކުދިން އެމީހާ އާއި ޒުވާބުކުރުމަށްފަހު އެމީހާ ފަހަތުން ދުވަން ފެށުމުން އެމީހާ ގޮސްވަނީ އެ ހިސާބުގައި ހުރި ފަޅުގެއަކަށެވެ. އަދި އެމީހާއަށް އަނިޔާދީ ޒަހަމްކޮށްލާފައިވަނީ އެ ފަޅުގެ ތެރޭގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ