މާލެ: 31°C
ހޯރަ އިއްބެ ނިޔާވެއްޖެ

ހޯރަ އިއްބެ ނިޔާވެއްޖެ

April 12, 2024
3 ފަހަރު ބަލާފައި
ހޯރަ އިއްބެ ނިޔާވެއްޖެ
ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެގެން އާއިރު، އެމްޑީޕީގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިއަދު ނިޔާވެއްޖެއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯރަ އިއްބެ ނިޔާވެފައިވަނީ ބަލިވެގެން އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ. ހޯރަ އިއްބެ އަކީ އިސްލާހީ މަސައްކަތްތަކުގައި އެމްޑީޕީއަށް ހިދުމަތްތަކެއް ކޮށްދެއްވި އަދި ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީކަން ކުރެއްވި ބޭފުޅެކެވެ. ހޯރަ އިއްބެއަކީ ޖަލްސާތައް ހުށަހަޅައި ދިނުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން އެމްޑީޕީން ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރިއިރު، ހޯރަ އިއްބެ ވަނީ އާދަކޮށް އެދުވަސްވަރު އެމްޑީޕީން ބޭއްވި ޖަލްސާތައް ހުށަހަޅައިދީފައެވެ. ހޯރަ އިއްބެ ނިޔާވުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި އޭނާއާއެކު އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ފައްޔާޒް އިސްމާއީލް ވިދާޅުވީ، ރާއްޖެއަށް ސިޔާސީގޮތުން އައި ބަދަލުގައި ހޯރަ އިއްބެގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެއީ ނުފޫޒުގަދަ ލިޔުންޔުންތެރިއެއްގެ އިތުރުން ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއް ކަމަށެވެ. https://twitter.com/faya_i/status/1778728617687593227 އެމްޑީޕީސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާފުށީ ޖަލުގައި 6 މަސް ދުވަސް އެކުގައި ހޭދަކުރި އިރު އޭނާގެ ހަޔާތާގުޅޭ ގިނަ ކަންތައްތަކެއް ހިއްސާކުރެއްވި ކަމަށެވެ. އެއީ ވަރަށް ހިތްހެޔޮ އަދި އެހާމެ މަޖާ އެކުވެރިއެއްކަމަށް މަހްލޫފް ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ