މާލެ: 31°C
ހޯއްގޮވާ ކެއްސުން ބައްޔަށް ރާއްޖެއިން 3 ކުޑަކުދިން ޕޮޒިޓިވް ވެއްޖެ

ހޯއްގޮވާ ކެއްސުން ބައްޔަށް ރާއްޖެއިން 3 ކުޑަކުދިން ޕޮޒިޓިވް ވެއްޖެ

January 23, 2024
3 ފަހަރު ބަލާފައި
ހޯއްގޮވާ ކެއްސުން ބައްޔަށް ރާއްޖެއިން 3 ކުޑަކުދިން ޕޮޒިޓިވް ވެއްޖެ
ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ހޯއްގޮވާ ކެއްސުން ބައްޔަށް 3 ކުޑަކުދިން ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. ހޯއްގޮވާ ކެއްސުން ބައްޔަކީ އެ ބަލިން ރައްކާތެރިވުމަށް ވެކްސިން ދޭން ފެށުމުން ރާއްޖޭގައި ކޮންޓްރޯލްކުރެވިފައިވާ ބައްޔެކެވެ. އެޗްޕީއޭއިން ބުނީ ޕަރޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުން ބަލި މިހިނގާ ޖެނުއަރީމަހުގެ ތެރޭގައި ހެދި ޓެސްޓްތަކުން ގއ ވިލިނގިލިން ކަމަށެވެ. މި ބަލި އެރަށުން ފެނުމާއި ގުޅިގެން ގއ.އަތޮޅު ހޮސްޕިޓަލުން އެކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާއެކު ކުރަމުންދާކަމަށް އެޗްޕީއެއިން ބުނެއެވެ. މިގޮތުން ކޮންޓެކްޓް ޓްރޭސްކުރުމާއި ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންގެ ތެރެއިން ބަނޑަށް 6 މަސް ވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހޯއްގޮވާ ކެއްސުން މި ބައްޔަކީ ނޭވާލާ ނިޒާމަށް ޖަރާސީމަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ މޫސުމީ އަރިދަފުސް ރޯގާ، އަދި އޫރު ރޯގާ ފަދަ ބަލިތަކާ އެއްގޮތް ސިފަތަކެއް ފެންނަ ބައްޔަކަށް ވުމުން ބައެއް ފަހަރު މި ބަލި ދެނެގަންނަން އުނދަގޫވެއެވެ. މއީި އާއްމުގޮތެއްގައި ޅަފަތުގައި ޖެހޭ ބައްޔަކަށް ވިނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހެއެވެ. އެޗްޕީއޭއިން ބުނީ މި ބަލި ޖެހުމުގެ ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށް ކަމަށާއި، 7 އަހަރު ނުވާ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށްހުރި ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ