ހޯޑެއްދޫ ބޯފެނަށް ޖެހިއްޖެ

ހޯޑެއްދޫ ބޯފެނަށް ޖެހިއްޖެ
ލިޔުން:
ގ.ދ ހޯޑެއްދޫއިން ބޯފެން ހުސްވެ ފެން ބޭނުންވެފައިވާ ކަމަށް ހޯޑެއްދޫގެ ކައުންސިލް އިން ބުނެފިއެވެ.
ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް "މިނިވަން" އަށް ވިދާޅުވި ގޮތުގައި އެރަށުން ބޯފެން ލިބުމުގެ ދަތި ތަކުގެ ޝަކުވާ މީގެ ދުވަސްތަކެއް ކުރިން ވެސް ރައްޔިތުން ވަނީ ކޮށްފައެވެ. ވާރިޝް ވިދާޅުވީ މިހާރު އެއްވެސް ވަރަކަށް ބޯފެން ލިބޭނެ އިންތިޒާމެއް އަދި ރަށުގައި ނެތް ކަމަށެވެ.
ވާރިޝް ވިދާޅުވީ، އެހެން ކަމުން ބުއިމަށް މިހާރު ރަށުގެ ރައްޔިތުން ބޭނުން ކުރަމުން އަންނަނީ މިނަރަލް ވޯޓާ ފެން ގަނެގެން ކަމަށާއި، ކެއްކުމަށް ބޭނުން ކުރަމުން އަންނަނީ މިސްކިތު ވަޅުފެން ކަމުގައެވެ.
ހޯޑެއްދޫގައި އަދި ބޯފެނުގެ ނިޒާމް ގާއިމު ކުރެވިފަ ނުވާ އިރު، ވާރިޝް ވިދާޅުވީ އެ މަސައްކަތް ރަށުގައި މިހާރު ދަނީ ކުރަމުން ކަމަށާއި، އަދި ކޮންޓްރެކަޓުރުން މައުލޫމާތު ދޭގޮތުން ތިން ހަތަރު މަހެއް ތެރޭގައި އެ މަސައްކަތް ނިމިގެން ދާނެ ކަމަށެވެ.
"ފެނަކަ އާ ވާހަކަ ދައްކައިގެން ބޯފެން ރަށަށް ގެނައުމުގެ މަސައްކަތް އަޅުގަނޑު މެން މިހާރު އެބަ ކުރަން އެ ފަރާތުން ވިދާޅުވީ މިއަދު ގެ ވަގުތެއްގަ ފެން ލިބޭނެ ކަމަށް " ވާރިޝް ވިދާޅުވިއެވެ.
ވާރިޝް ވިދާޅު ވީ ފެނުގެ ދަތިކަން ހައްލު ކުރުމަށް މިދިޔަ މަހު 26 ގައި ވެސް ފެނަކަ އަށް ފެނަށް އެދި ދަންނަވާފަ ވާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ފެން ލިބުން މިހާ ދަތިވެފައި ވަނީ ފެނަކަ އިން ފެން ފޯރުކޮށް ދިނުން ލަސް ވުމުގެ ސަބަބުން ކަމަށް ވެސް ވާރިޝް ވިދާޅުވިއެވެ.
ރަށްރަށުން ބޯފެން ނުލިބި ދަތިވާން ފެށުމުނ،ް ސަރުކާރުން ހަމަޖެހިފައި އޮންނަނީ ފެނަކަ މެދުވެރި ކޮށް ފެނަކަ އިން އެ ރަށަކަށް ފެން ސަޕްލައި ކުރާ ގޮތަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
