މާލެ: 31°C

ހިޔާވަހި ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

March 19, 2025
292 ފަހަރު ބަލާފައި
ހިޔާވަހި ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
ހިޔާވެހި ލޯނަށްއެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހިޔާވެހި ލޯނަށްއެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހިޔާވަހި ލޯުނުގެ 3 ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

'ހިޔާވެހި' ލޯނަކީ ގެދޮރު އިމާރާތްކުރުމަށް މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް 5 އިންސައްތަ ރޭޓުގައި ލޯނު ދޫކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ ލޯނު ސްކީމެކެވެ.

ލޯނު ދޭނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނުކުރުމަށް ފަހު އެވެ، އަދި ލޯނުގެ އިންޓަރެސްޓަކީ 5 ޕަސެންޓެވެ. ލޯނު އަނބުރާ ދައްކަން ގިނަވެގެން 25 އަހަރު (މުއްދަތު ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތުގެ އުމުރަށް ބެލުމަށް ފަހު ލޯނު ދޫކުރާ ބޭންކުން) ދޭނެ އެވެ. އަދި ލޯނުގެ ގްރޭސް ޕީރިއަޑަކީ ގިނަވެގެން 18 މަހެވެ.

އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް "ހިޔަވާހި" ސްކީމްގެ ދަށުން ލޯނު ދޭނެ އެވެ. އަދި އެޑްވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ ލޯނިގެ 15 ޕަސެންވެ. އިތުރަށް ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށް ފަހު އެވެ.

ހިޔާވަހި ލޯނު ބެހިގެންވަނީ 3 ބަޔަކަށެވެ. 

  1. ހިޔާވެހި ފައިނޭންސިން ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)
  2. ހިޔާވެހި ފައިނޭންސިން ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް 5-10 ޕަސެންޓާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
  3. ހިޔާވެހި ފައިނޭންސިން: ފަހިމާލެ މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް 5-10 ޕަސެންޓާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ