
ހިޔާ ޓަވަރެއްގައި ކުޑަކުއްޖަކަށް ގުރޫޕަކުން އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި
ހިޔާ ޓަވަރެއްގައި ކުޑަކުއްޖަކަށް ގުރޫޕަކުން އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި
ލިޔުން:
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ހިޔާ ފްލެޓްގެ ކޮރިޑޯއެއްގައި މީހަކަށް އަނިޔާ ކުރާ ވީޑިއޯ މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ ވީޑިއޯގައި އެއީ ކޮން ބައެއްކަން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
https://twitter.com/MvCrisis/status/1806220834966790643
ފުލުހުން ވަނީ އެ ވީޑިއޯއިން ފެންނަ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާއި ހިއްސާ ކޮށްދިނުމަށް ވެސް އެދިފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ތިން މީހަކު ހިމެނޭ ގުރޫޕަކުން ފިރިހެން ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އެތަނުން އެކަކު ވަނީ އެ ކުއްޖާއަށް އަނިޔާވާ ގޮތަށް ކަރުގައި އަތްއަޅުވައި ފައިން ތަޅާ އަނިޔާކޮށްފައެވެ. މި މާރާމާރީގައި އިސްކޮށް އުޅުނީ އެކަކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
