
ހިޔާ މަޝްރޫއު ކޮންޓްރެކްޓް ކޮށްފައިވަނީ ފިނިޝިންގ ނުލައި 110 ޑޮލަރަށް، އޭގެ 4 އަހަރު ފަހުން ގެދޮރުވެރިން ޕްރޮގްރާމް ހިންގަނީ ފިނިޝިންގ އާއިކު 70 ޑޮލަރަށް
ހިޔާ މަޝްރޫއު ކޮންޓްރެކްޓް ކޮށްފައިވަނީ ފިނިޝިންގ ނުލައި 110 ޑޮލަރަށް، އޭގެ 4 އަހަރު ފަހުން ގެދޮރުވެރިން ޕްރޮގްރާމް ހިންގަނީ ފިނިޝިންގ އާއިކު 70 ޑޮލަރަށް
ލިޔުން:
ހިޔާ ފުލެޓްގެ މަހު ކުއްޔަށް ގެނެވުނު ބަދަލާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ރައިށް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހިޔާ ފުލެޓްގެ އަގާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކާއި ގުޅިގެން އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙަމްދު އާތިފް ވިދާޅުވީ ހިޔާ ފުލެޓް ތަކުގެ އަގު ބޮޑުވެގެން އުޅެނީ ހިޔާ މަޝްރޫއުގެ ކޮންސްޓުރަކްޝަން ކޯސްޓް ބޮޑުކޮށް އެމަޝްރޫއު ޙަވާލުކޮށްފައިވާތީ ކަމުގައެވެ.
އެގޮތުން އާތިފްގެ ވާހަކަފުޅުގައި ވިދާޅުވީ "މި ޕްރޮޖެކްޓްގެ އަގުބޮޑުވެގެން މިއުޅެނީ ލޭންޑް ކޯސްޓް ބޮޑުވެގެނެއްނޫން، ކޮންސްޓްރަކަޝަން ކޯސްޓް ފިނިޝިންގ އާއިނުލައި ގާތްގަނޑަކަށް 110 ޑޮލަރަށް އޮތަކަން ކުރީގަވެސް އޮންނާނީ އިނގިފައި، އެހެންނަމަވެސް މިސަރުކާރުން އެފް.ޑީ.ސީ އާއެކީ ކޮންޓްރެކްޓްކުރެވޭ މަޝްރޫއުތައް (ގެދޮރުވެރިން ޕްރޮގްރާމް) އެ ނިންމަނީ ފިނިޝިންގ އާއެކީ ގާތްގަނޑަކަށް 70 ޑޮލަރަށް އެއީ ގާތްގަނޑަކަށް 4 ވަރަކަށް އަހަރުފަހުން. އެހެންވީމަ މާކެޓަށް އެއައި ބަދަލުތަކާވެސް އެކީ އެއަށްވުރެ އަގުހެޔޮކަށް އެ މަސައްކަތް އެބަކުރެވޭ" އާތިފް ވިދާޅުވިއެވެ.
އަދި އިތުރަށް އާތިފް ވިދާޅުވިގޮތުގައި "ޖުމްލަކޮށް ބުނާނަމަ ހިޔާ ފުލެޓްގެ އަގު ބޮޑުވެގެން މިއުޅެނީ އޭރު އެމަށްރޫއުގެ އަގުބޮޑުކޮށް ކޮންޓްރެކްޓް ކޮށްފައިވާތީ" ކަމުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
