
ހިޔާ ފްލެޓްތަކުގެ ކުއްްޔަށް ލުޔެއް ދިނީ އިންތިހާބަށް ނޫންކަމަށް އަކްރަމް ވިދާޅުވެއްޖެ
ހިޔާ ފްލެޓްތަކުގެ ކުއްްޔަށް ލުޔެއް ދިނީ އިންތިހާބަށް ނޫންކަމަށް އަކްރަމް ވިދާޅުވެއްޖެ
ލިޔުން:
ހިޔާ ފްލެޓްތަކުގެ ކުއްޔަށް ލުޔެއް ދިނީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ނޫން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަކްރަމް ވިދާޅުވީ، ސަރުކާރުން އެ ބަދަލު ގެނައީ ރިޔާސީ އިންތިހާބާ ދިމާކޮށް ނޫން ކަމަށެވެ.
އަކްރަމް ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކި މަރުހަލާތަކުގައި ހިޔާގެ ކުއްޔަށް ލުއި ދީފައިވާނެ ކަމަށެވެ.
އަކުރަމް ވިދާޅުވީ ކުލި ކުޑަކުރީ ނޫން ކަމަށާއި، އަބަދުވެސް ބުނަމުން ދަނީ ކުއްޔަށް އެއްވެސް ބަދަލެއް ގެނެވެން ނެތް ކަމަށެވެ. އެގޮތުން ކުއްޔަށް ލުޔެއް ދިނީ 7 އަހަރަށް 5،300 ރުފިޔާ ދައްކާ ގޮތަށް ހަދާފައި އިތުރަށް ދެ އަހަރު ދިނީ ކަމަށާއި، އެއީ ކޮންމެހެން އިންތިހާބާ ގުޅުންހުރި ކަމެއްް ނޫން ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ސަރުކާރުން މިއަދު ވަނީ، ހިޔާގެ ފްލެޓެއްގެ އަގު 5،300ރ. އަށް ހަތް އަހަރު ދުވަހަށް ކުޑަކޮށް، އަދާކުރަންޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
