
ހިޔާފްލެޓްތަކުގައި އުޅޭ މީހުންނަށް ހިދުމަތް ރަނގަޅުކުރަން އެޗްޑީސީން ސާވޭއެއް ކުރަނީ
ހިޔާފްލެޓްތަކުގައި އުޅޭ މީހުންނަށް ހިދުމަތް ރަނގަޅުކުރަން އެޗްޑީސީން ސާވޭއެއް ކުރަނީ
ލިޔުން:
ހިޔާ ފުލެޓުތަކުގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމަށާއި އެ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސާރވޭއެއް ކުރުުމަށް އެޗްޑީސީ އިން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ބުނި ގޮތުގައި އެ ސާރވޭ ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހާ ހަމައަށެވެ. އެ ފުލެޓްތަކަށް ޒިޔާރަތްކޮށް، އޮންލައިން ފޯމެއް ފުރައިގެން ކުރިއަށް ގެންދާ ސާރވޭއެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
[embed]https://twitter.com/hdcmaldives/status/1629774214801641474?s=20[/embed]
ސާވޭތައް ކުރާ ދުވަސްވަރު، ސާވޭޔަރުންގެ ނަމުގައި އޮޅުވާލައިގެން އެކިއެކިި ކުށްތައް ހިންގާކަން އެނގޭތީ އެކަމަށް ރިއާޔަތްކޮށް އެޗްޑީސީން ބުނީ އެ ސާރވޭގައި އާމްދަނީ، ހަރަދު، ކޭޝް ކާޑް އަދި ބޭންކް އެކައުންޓް ފަދަ އެއްވެސް މައުލޫމާތެއް ނާހާނެ ކަމަށެވެ. . އެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ތިބޭނީ އެ ކޯޕަރޭޝަންގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ސާރވޭ އާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފު ކޮށްލަން ބޭނުންވެއްޖެނަމަ އެޗްޑީސީގެ ރަސްމީ ނަންބަރަށް ގުޅޭނެ ކަމަށާއި އެއްވެސް ޝަކުވާއެއްވާނަމަ އެ ކޯޕަރޭޝަންގެ ކޯލް ސެންޓަރ 1516 އަށް ގުޅަން އެދޭ ކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
