
ހިޔާ ފްލެޓެއްގައި އަންހެނަކު ރަހީނުކުރި ދެ މީހަކު ހައްޔަރުކޮށްފި
ހިޔާ ފްލެޓެއްގައި އަންހެނަކު ރަހީނުކުރި ދެ މީހަކު ހައްޔަރުކޮށްފި
ލިޔުން:
ހުޅުމާލެ ހިޔާ ފްލެޓެއްގައި އަންހެނަކު ރަހީނުކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ހ. ލާމިޔާ، އުމުރުން 20 އަހަރުގެ އަހުމްދު އުވެއިސް، އާއި، މއ. ތުރީމޫންސް، އުމުރުނއ 39 އަހަރުގެ މުހައްމަދު މުމީތު އެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު އަޑުގަދަކޮށް، ސަލާމަތް ކުރުމަށް އެދި ހިޔާ ފްލެޓް އެޕާޓްމަންޓަކުން އަންހެނަކު ހަޅޭލަވަން ފެށުމުން ފުލުހުން އެތަނަށް ގޮސް އެޕާޓްމަންޓުގެ ދޮރު ހުޅުވަން ބުނުމުން، ފިރިހެނަކު ދޮރު ހުޅުވި ކަމަށާއި ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕައި ތަޅުލި ކަމަށެވެ.
އަނެއްކާވެސް އަންހެން މީހާ ސަލާމަތަށް އެދި ހަޅޭލަވާތީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެޕާޓްމަންޓަށް ފުލުހުން ވަދެ، އަންހެން މީހާ ވަނީ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
