ކުރިއަށްމިއޮތް އެޕްރީލްމަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެފަރާތުން އަމަލީ މަސައްކަތަށް ހިޔާ ފްލެޓް ސަރަހައްދު މޮބަލައިޒް ކުރާނޭކަމަށް އެފަރާތުން މައުލޫމާތު ދީފައިވަނީ. އަޅުގަނޑު އަދިވެސް އިތުރަށް ބާރު އަޅާނަން އަމަލީ މަސައްކަތަށްދާން. ޑިޒައިން މަސައްކަތް މިހާރު އެ ނިމެނީރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. https://twitter.com/governmentmv/status/1769668937418150101 ރައީސް ވިދާޅުވީ މި މަސައްކަތް އަވަސްކުރުމަށް އެފަރާތަށް ވަރަށް އަވަހަށް އެޑްވާންސް ޕޭމަންޓް ހަވާލުކުރާނޭ ކަމަށާއި، އެގްރީމެންޓްގައި އޮންނަގޮތުން ޕޭމަންޓް ދޭތާ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހޭނޭކަމަށެވެ. ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ޤާއިމްކުރުމަށް އެޗް.ޑީ.ސީން މަސައްކަތް ހަވާލުކޮށްފައިވަނީ، ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ. މި އެއްބަސްވުމުގެ ދަށުން އިތުރު 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

ހިޔާ ޓަވަރުގައި އިތުރު ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށާނެ: ރައީސް
ހިޔާ ޓަވަރުގައި އިތުރު ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށާނެ: ރައީސް
ލިޔުން:
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް އަންނަ އޭޕްރިލްމަހުގެ ތެރޭގައި ފެށިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އާ ސުވާލު ކުރެވޭގޮތަށް ކުރިއަށްގެންދާ 'ރައީސްގެ ޖަވާބު' މިފަހަރު ޕްރޮގްރާމުގައި ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ޙަލީމާ ޝާހިޔާ، ސުވާލު ކުރީ ހިޔާޓަވަރުގައި އިތުރު ލިފްޓްތައް ހަރުކޮށް ނިމޭނެ ދުވަހަކާމެދުގައެވެ.
ޙަލީމާ ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ ހިޔާގައި އިތުރު ލިފްޓް ލުމަކީ އެމަނިކުފާނު ވެ ވަޑައިގެންނެވި ވައުދުފުޅެއް ކަމަށާއި، ވިދާޅުވި ބީދައިން އެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. ރައީސް ވިދާޅުވީ ހިޔާ ޓަވަރުތަކުގައި ލިފްޓްތައް ހަރުކުރުމަށް ބަޔަކާއި އެގްރީމެންޓް ހެދި މިހާރު ކުރިއަށްދަނީ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
