
ހިޔާއިން ގެންދާ ކުދިންގެ ބެލެނިވެރިކަން 6 މަސް ތެރޭގައި ގާނޫނީ ގޮތުން ބަދަލުކުރަން ޖެހޭ
ހިޔާއިން ގެންދާ ކުދިންގެ ބެލެނިވެރިކަން 6 މަސް ތެރޭގައި ގާނޫނީ ގޮތުން ބަދަލުކުރަން ޖެހޭ
ލިޔުން:
ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމުގެ ގަވައިދުގެ ދަށުން، 6 މަސް ދުވަހުގެ ތެރޭގައި ފޮސްޓާ ބެލެނިވެރިޔާއަށް ގާނޫނީ ގޮތުން ބެލެނިވެރިކަން ބަދަކުރަންޖެހޭ ގޮތް ހަދައިފިއެވެ.
މިދިޔަ ބުރާށްފަތި ދުވަހު އާންމުކުރި، "ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީއިންޓެގްރޭޓް ކުރުމުގެ ގަވައިދަށް" ގެނައި އިސްލާހުގައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓާ ބެލެނިވެރިޔާއާ ހަވާލުކޮށް، މިހާތަނަށް ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިންނާ ހަވާލުކޮށްފައިނުވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިޔާއަށް ހަވާލުކުރުމަށް 6 މަސްދުވަހުގެ ތެރޭގައި ޝަރުއީ ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ފޮސްޓާ ބެލެނިވެރިންނާ ހަވާލުކޮށްފައިނުވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިޔާއަށް ހަވާލުކުރުމަށް ޝަރުއީ ކޯޓަށް ހުށަހަޅާއިރު ކުއްޖާއާއި ފޮސްޓާ ބެލެނިވެރިންގެ މިހާރުގެ ހާލަތު އަންގައިދޭ އެސެސްމަންޓް ރިޕޯޓެއް ތައްޔާރު ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.
މި އިސްލާހާއެކު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުއަށް އަމަލުކުރުމަށް ފެށުމުގެ ކުރިން ކޯޓު މެދުވެރިކޮށް ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިޔާއަށް ބަދަލުކުރެވިފައިވާ ކުދިންގެ މައްސަލަތައް އަލުން ކޯޓަށް ހުށަހަޅަން ނުޖެހޭނެ ކަމަށް ޖެންޑާމިނިސްޓްރީއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
