މާލެ: 31°C
ހިޔާ ފްލެޓްގެ އާ ލިފްޓްތަކާ އެކު ބަލިމީހުން އުފުލުމުގެ ދަތިތަކަށް ހައްލު ލިބޭނެ: ރައީސް

ހިޔާ ފްލެޓްގެ އާ ލިފްޓްތަކާ އެކު ބަލިމީހުން އުފުލުމުގެ ދަތިތަކަށް ހައްލު ލިބޭނެ: ރައީސް

March 17, 2024
2 ފަހަރު ބަލާފައި
ހިޔާ ފްލެޓްގެ އާ ލިފްޓްތަކާ އެކު ބަލިމީހުން އުފުލުމުގެ ދަތިތަކަށް ހައްލު ލިބޭނެ: ރައީސް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިމޭއިރު ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ގދ. ގައްދޫ، ކައިރުގޭ މުހައްމަދު ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހިޔާ ޓަވަރުގައި އިތުރު ލިފްޓްތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ލަބީބު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ މިހާރު ހަރުކުރާ ލިފްޓްތަކުގެ ތެރޭގައި ސްޓްރެޗާ އެރުވޭ ލިފްޓް ހުންނާނެ ކަމަށެވެ. ހިޔާ ފްލެޓްގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ޤާއިމްކުރުމަށް އެޗް.ޑީ.ސީން ވަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އިތުރު 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ. އެޗްޑީސީން ބުނެފައިވަނީ ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭ ނިންމާލެވޭނެކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ