އެ ޖަމުއިއްޔާއިން ބުނީ، ހުޅުމާލެ ފަދަ އަގު ބޮޑު ތަނަކުން ބިން ހިލޭ ދޫކުރަން ނިންމާ ލިސްޓް އާންމު ކުރިއިރު އަނެއް ބަޔަކު ކުލީގައި ދިިރިއުޅެން ޖެހުމަކީ ގަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ހިޔާ ފްލެޓުގެ ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އަދި ހިޔާ ފްލެޓުގެ ހުރިހާ ޓަވަރެއްގައި ދިރިއުޅޭ ފަރާތްތަކާއެކު އެ މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް ވެސް އެ ޖަމުއިއްޔާއިން ވަނީ ބުނެފައެވެ.
އެގޮތުން އިއްޔެ ހިޔާ ފްލެޓުގެ އެޗް-4 ގެ މީހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ސަރުކާރުން ވަނީ "ބިންވެރިޔާ" ސްްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓްގައި 10،314 މީހަކަށް ގޯތިލިބޭކަމުގައި ވެއެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލަން ހިޔާ ޖަމިއްޔާއިން މަސައްކަތް ފަށައިފި
ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލަން ހިޔާ ޖަމިއްޔާއިން މަސައްކަތް ފަށައިފި
ލިޔުން:
މާލެ ސަަހައްދުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމާއި ގުޅިގެން ހުޅުމާލޭ ހިޔާ ފްލެޓުތަކުން ކުލިދެއްކުން ހުއްޓާލުމާ ބެހޭގޮތުން އެކުވެރި އާއްމުންގެ ގުޅުން ނުވަތަ ( ކޮތަރުކޮށި) ޖަމިއްޔާއިން މަޝްވަރާތަށް ކުރަން ފަށައިފިއެވެ.
މި މަޝްވަރާތައް ފަށާފައިވަނީ ހިޔާ ފްލެޓުތަކުގައެވެ. މި ޖަމިއްޔާ އަކީ، ބޯހިޔާވަހިކަމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
